މޯލްޑިވިއަންގެ ކެޑޭޓު ޕައިލެޓުގެ ހަތަރު މަގާމަށް 100 އެއްހާ މީހުން ކުރިމަތިލައިފި
މިހާރު
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:59
މޯލްޑިވިއަން އެއާލައިނުން މި ފަހުން ހުޅުވާލި ކެޑޭޓު ޕައިލެޓުންގެ ހަތަރު މަގާމަށް 100 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިއަދު ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ޒުވާނުން ޕައިލެޓުކަން ކިޔެވުމަށް ފަހު، ވަޒީފާ ނުލިބި ތިބި މި ދަނޑިވަޅުގައި ގައުމީ އެއާލައިންގެ އޭޓީއާރަށް ދެ ޕައިލެޓުން ހޯދަން މިދިޔަ ޖުލައި މަހު އަދި ސީޕްލޭނަށް ދެ ޕައިލެޓުން ހޯދަން މިދިޔަ މަހު އިއުލާންކުރި އެވެ.
އިޔާސް މިއަދު ވިދާޅުވީ ހަތަރު ކެޑޭޓު ޕައިލެޓުންގެ މަގާމަށް 100 އެއްހާ މީހުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނަ މީހުން ކުރިމަތިލާފައިވަނީ އޭޓީއާރަށެވެ.