ޖަވާބެއް ނުލިބިގެން އެމްޑީޕީން ހައުސިން މިނިސްޓްރީ ދޮށަށް
މިހާރު
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:17
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރަން ތަކުރާރުކޮށް އެދިގެން ވެސް އެ ފުރުސަތު ނުލިބުނު ކަމަށް ބުނެ އެމްޑީޕީން ހައުސިން މިނިސްޓްރީ ދޮށަށް އެއްވެ މުޒާހަރާކޮށްފި އެވެ.
އެ ސަރަހައްދަށް އެއްވީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ސަޕޯޓަރުންތަކެކެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށްދޭން ތަކުރާރުކޮށް އެދުމުން މިއަދާ ހަމައަށް ވެސް މިނިސްޓަރާ ބައްދަލުކުރެވިފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުން ވެސް ވަނީ މިނިސްޓަރާ ބައްދަލުކުރަން އެދި ހުށަހަޅާފައި ކަމަށާއި ތިން މަސް ވެގެން ދިޔައިރު ވެސް މިނިސްޓަރާ ބައްދަލުކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.