ޓޫރިޒަމްގެ ނަންބަރު މަތި، އެކަމަކު އަދިވެސް މަތިކޮށްލަންޖެހޭ!
މިހާރު
16 ސެޕްޓެމްބަރު 2025 | އަންގާރަ | 9:21
ޝިއުރީ ވިދާޅުވީ، ލާސްޓް މިނިޓް ބުކިންތަކަށް އަމާޒުކޮށް، ބުކިންޑޮޓްކޮމްއާ އެކު ހާއްސަ ކެމްޕެއިނެއް ފެށުމުގެ މަސައްކަތް ކުރައްވާ ކަމަށް.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެންމެ މުހިއްމު އަމާޒެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ރާއްޖެއަށް ޓޫރިސްޓުން ގެންނާނެ އަދަދެވެ. މި އަހަރު ނިމޭ އިރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނެވޭނެ ކަމަށާއި އެ އަމާޒު ހާސިލުކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް އެ ދުވަހު އިއުލާނު ކުރެއްވި އެވެ.
އެ އަމާޒުގައި ކުރަން ނިންމި އެއް ކަމަކީ ޓޫރިޒަމް މިހާރު އެހާ ބޮޑަށް ތަރައްގީނުވެ އޮތް ހދ. އަތޮޅާއި ތ. އަތޮޅު ފަދަ އަތޮޅުތަކުގައި އިންވެސްޓް ކުރުމަށް ލުއިތައް ދިނުމާއި އެ ނޫން ލުއިތައް ވެސް ދީގެން ރިސޯޓުތައް ހެދުމުގެ މަސައްކަތް ފެށުމެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޭރުގެ އޮޕަރޭޝަން ފުޅާކުރަން ނިންމައި، މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނެސް، ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ސީދާ ދަތުރުތައް ފަށާނެ ކަމަށް އިއުލާން ކުރައްވާފައިވެ އެވެ.