އާ ޓާމިނަލް ކުރިމަތީގެ ޕާކިން ޒޯނުން ބައެއް ވަގުތީ ގޮތުން ހުޅުވާލައިފި

މިހާރު

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 5:42

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ އެކު، މިދިޔަ ޖުލައި މަހު ބަންދުކުރި ޕާކިން ސަރަހައްދުން ބައެއް މިއަދުން ފެށިގެން ވަގުތީ ގޮތުން އެމްއޭސީއެލުން ހުޅުވާލައިފި އެވެ.

އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ޕާކިން ޒޯނާއި ހުޅަނގު ފަރާތު ޕާކިން ޒޯނު ޖުލައި 26 އަށް އާ ޓާމިނަލް ހުޅުވަން ބަންދުކުރީ އެ މަހު 17 އިގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ޕާކިން ޒޯނު ބަންދުކޮށްފައި އޮތުމުން ގިނަ ބައެއްގެ ޝަކުވާ އޮތީ އިތުރުވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްއޭސީއެލުން ނެރުނު ސާކިއުލާއެއްގައި ބުނީ، އާ ޓާމިނަލްގެ އުތުރު ފަރާތުގައި އޮންނަ ޕާކިން ޒޯނަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ސަރަހައްދެއް ނޫން ކަމަށް ފެންނަތީ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މައުޟޫޢުތަށް