ޖަރުމަނުގައި އެއްޗެއް ގޮވައި، ހިނގި ހާދިސާގައި ފަރުވާދެމުން އައި ދިވެހި ޒުވާނާ ނިޔާވެއްޖެ
މިހާރު
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 6:42
ޖަރުމަނުގައި މިދިޔަ މަހުގެ 8 ވަނަ ދުވަހު އެއްޗެއް ގޮވައި، ހިނގި ހާދިސާގައި ފިހުނު ދިވެހި ޒުވާނަކަށް އެ ގައުމުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
އެ ހާދިސާގައި ނިޔާވީ ބ. ތުޅާދޫ ޒުވާނެއް ކަމަށްވާ ފައްޔާޒު ދާއޫދު އެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން ޖަރުމަނު މީހަކާ އިނދެގެން އުމުރުން މިހާރު 36 އަހަރުގެ ފައްޔާޒު ދިރިއުޅެމުން އައީ ފުރަތަމަ ރާއްޖޭގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ހިސާބުގައި އޭނާ ޖަރުމަނަށް ދިރިއުޅުން ބަދަލުކުރީ އަންހެނުންގެ ބައްޕަ ބަލިވެގެންނެވެ.