ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލަން މާލެ ސަރަހައްދުގައި އިންސްޕެކްޝަނެއް ފަށަނީ
މިހާރު
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:35
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި އިންސްޕެކްޝަނެއް ފަށަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ތައްޔާރުވެއްޖެ އެވެ.
އެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި އެމްއެފްޑީއޭގައި ރަޖިސްޓަރީ ނުކޮށް، ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް މި މަހުގެ 21 އިން ފެށިގެން މި މަހުގެ ނިޔަލަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެއީ އެމްއެފްޑީއޭ އާއި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެކެވެ.