މާޒިޔާގައި މަޑުކުރި ކުޅުންތެރިންނަށް އެ ހުޅުވުނީ މާ ތަނަވަސް ފުރުސަތެއް: ކޯޗު
މިހާރު
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:41
އާ ސީޒަން ފެށެން ކައިރިވެފައިވަނިކޮށް މަޝްހޫރު ބައެއް ކުޅުންތެރިން މާޒިޔާ ދޫކޮށް ދިއުމުން، ދެން ޓީމުގައި ތިބި ކުޅުންތެރިންނަށް އެ ހުޅުވުނީ މާ ތަނަވަސް ފުރުސަތެއް ކަމަށް ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ. މިދިޔަ ދެ ސީޒަނުގައި މާޒިޔާގެ ކެޕްޓަންކަން ކުރި މުހައްމަދު އިރުފާނާއި އަލީ ފާސިރު (ސެންޓޭ) އަދި ހަސަން ރާއިފް އަހްމަދު (ހަންނަ) ވަނީ އެ ޓީމު ދޫކޮށް ނިއު ރޭޑިއަންޓަށް ބަދަލުވެފަ އެވެ.
ދޮޅު އަހަރަށް ފަހު ފަށާ، އާ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއިން އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ލުއިސްމާ ބުނީ ބައެއް ކުޅުންތެރިން ކްލަބް ދޫކޮށްލުމުން އެހެން ކުޅުންތެރިންނަށް ކުޅެން ލިބޭ ފުރުސަތުތައް އިތުރުވާނެ ކަމަށެވެ. އޭގެ ފައިދާ ޒުވާން ކުޅުންތެރިންނަށް ވެސް ކުރާނެކަމަށް ސްޕެއިންގެ ކޯޗު ބުންޏެވެ.
އޭނާ ބުނީ ކުޅުތެރިން ދޫކޮށްލަން ނިންމީ މާޒިޔާގެ މެނޭޖްމެންޓުން ކަމަށެވެ.