އީގަލްސްއަށް ރަނގަޅަށް ތައްޔާރު ނުވެވޭ، ޓީމު ފިޓެއްވެސް ނޫން، އެކަމަކު ޖެހިލުމެއް ނުވޭ: ނިމާ
މިހާރު
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:41
އާ ސީޒަން މާދަމާ ފަށާއިރު އީގަލްސް އަށް ރަނގަޅަށް ތައްޔާރު ވެސް ނުވެވޭ ކަމަށާއި ޓީމު ވެސް ފިޓް ނޫން ކަމަށް ކޯޗު އަހްމަދު ނިމާދު (ނިމާ) ބުނެފި އެވެ.
ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސްއިން މާދަމާ ރޭ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އީގަލްސްގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރިން އަދާކުރި ނިމާ ބުނީ ޓީމުގައި އުނދަގޫތަކެއް ހުއްޓަސް މާޒިޔާއާ ކުޅެން ޖެހިލުންނުވާ ކަމަށެވެ.
އޭނާ ބުނީ މާޒިޔާއިން ރާއްޖޭގެ ފުޓްބޯޅަ އަށް ކޮށްދިން ހިދުމަތް އަގުވަޒަންކުރާ ކަމަށެވެ.