އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް
މިހާރު
15 ސެޕްޓެމްބަރު 2025 | ހޯމަ | 11:25
އާއިލާ މީހަކު ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކު ދާއިމީ ބައްޔަކަށް ފަރުވާއެއް ހޯދާ ނަމަ، 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވައިދު އިއްޔެ އިސްލާހުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ އެ ކޮމިޝަންގެ ގަވައިދަށް 13 ވަނަ އިސްލާހު ގެނެސްފަ އެވެ.
އެ އިސްލާހުގައި ވަނީ، ގަވައިދުގެ 188 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރާއި 2 ވަނަ ނަމްބަރުގައި ބުނެފައިވާ ހާލަތްތަކުން ކުރެ ހާލަތެއް މުވައްޒަފުގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، އެއްބަފާ މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވެއްޖެ ނަމަ އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.