އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް އައްޔަންކުރަން ޝަފީގުގެ ނަން ފޮނުއްވައިފި
މިހާރު
15 ސެޕްޓެމްބަރު 2025 | ހޯމަ | 10:57
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނައިބު ރައީސަކަށް އެ ކޮމިޝަނުގެ މެންބަރު މުހައްމަދު ޝަފީގު މަމްދޫހު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސްގެ އެ ހުށަހެޅުއްވުން ތަޅުމަށް އިއްވުމަށް ފަހު ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
ޝަފީގު އެޗްއާރުސީއެމަށް އައްޔަން ކުރީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާ އަކީ ކުރިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯކަން ވެސް ކުރެއްވި ބޭފުޅެކެވެ.