އިންތިހާބު އެއްކޮށްލުމުން 70 މިިލިއަން ސަލާމަތް ކުރެވޭނެ: ފަލާހް
މިހާރު
15 ސެޕްޓެމްބަރު 2025 | ހޯމަ | 12:03
ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ބިލް (ރިފަރެންޑަމް ބިލް)ގެ އެއް ބޭނުމަކީ އިންތިހާބުތައް އެއްފަހަރާ ބޭއްވުން ކަމަށާއި އެއީ ދައުލަތަށް ހަރަދު ކުޑަވާނެ ކަމެއް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިފަރެންޑަމް ބިލް ދިރާސާކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ އެ ބިލު އޮތްގޮތުން، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބުގެ މަރުހަލާ މިހާރަށް ވުރެ ކުރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ހަރަދުކުޑަވާނެ ކަމެއް ކަމަށެވެ.
"ކުރު ކުރުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. އެެހެންވީމާ ދިވެހި ރައްޔިތުންނަށް މިއަދު ސާފުވާނެ އެމްޑީޕީއަކީ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ޒައްޒެއްގެ މިންވަަރަށް ވެސް [ބޭނުންވާ] ބައެއް ނޫންކަން،" ފަލާހު ވިދާޅުވި އެވެ.