ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ ރޯދަ މަހުގެ 27ގައި

މިހާރު

15 ސެޕްޓެމްބަރު 2025 | ހޯމަ | 12:57

ގުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ދެއްވާ އިނާމާއި މެޑަލް މީގެ ފަހުން ދެއްވާނީ ރޯދަ މަހުގެ 27 ވިލޭރޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.

ހާފިޒުންނަށް އިނާމު ދިނުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ ބާއްވަން ނިންމައިފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހާފިޒުންނަށް އިނާމާއި މެޑަލް ދިނުމުގެ ހަފުލާ ރޯދަމަހު 27 ވިލޭރޭ ބާއްވާ ގޮތަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

މައުޟޫޢުތަށް