ކަރެކްޝަންސްގެ އޭސީޕީގެ މަގާމަށް މީހަކު ނެގުން ހުއްޓުވި އަމުރު ބާތިލެއް ނުކުރި

މިހާރު

15 ސެޕްޓެމްބަރު 2025 | ހޯމަ | 1:27

ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލުކުރެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގެ ތުހުމަތުގައި ކަރެކްޝަންސްގެ އޭސީޕީ މުހައްމަދު އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު މިދިޔަ ޖުލައި މަހު ވަނީ ވަކިކޮށްފަ އެވެ.

އާސިފް ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް އޭނާ ދައުވާކުރަން ނިންމުމުން، އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ސިވިލް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް އެ އަމުރު މުރާޖާކޮށްދިނުމަށް ދައުލަތުން ފަހުން އެދުނެވެ.

މައުޟޫޢުތަށް