ސިވިލް ސާވިސްގައި މޫނު ބުރުގާ އަޅައިގެން ހިދުމަތް ދެވޭ ގޮތަށް ރަސްމީކޮށް ހަމަޖައްސައިފި

މިހާރު

15 ސެޕްޓެމްބަރު 2025 | ހޯމަ | 1:46

ސިވިލް ސާވިސް މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭ ގޮތަށް ރަސްމީކޮށް، ހަމަޖައްސައި، ގަވާއިދު ބަދަލުކޮށްފި އެވެ.

ސިވިލް ގަވާއިދު ކުރިން އޮންނަ ގޮތުން، މުވައްޒަފުން ހިދުމަތް ދޭއިރު ކޮންމެހެން ވެސް ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ. ނަމަވެސް އޭރު، މޫނު ބުރުގާ އަޅާ މުވައްޒަފުންގެ ފަރާތުން ޝަކުވާތައް ލިބެން ފެށުމުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެފަދަ މުވައްޒަފުން ޓެގެއް ބޭނުންކުރުމަށް އަންގައިފަ އެވެ. އެކަމަކު، ގަވާއިދަކަށް އޭރު އެއްވެސް ބަދަލެއް ނުގެނެ އެވެ.

ސިވިލް ސާވިސްގެ ގަވާއިދަށް، ކޮމިޝަނުން އިއްޔެ ގެނައި ބަދަލުގައިވަނީ މުވައްޒަފަކީ ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭނަމަ، އެ މުވައްޒަފުގެ ނަމާއި މަގާމް އެނގޭނެ ފަދަ ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރަން ޖެހޭނެ ކަމަށެވެ.

މައުޟޫޢުތަށް