ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިހު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

މިހާރު

15 ސެޕްޓެމްބަރު 2025 | ހޯމަ | 2:03

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސަކަށް މުހައްމަދު މުޖުތާޒް އަދި ނައިބުރައީސަކަށް އެ ކޮމިޝަނުގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

މުޖުތާޒާއި ނާސިހަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިއަދު އެވެ. މަޖިލީހުގައި މިއަދު ބޭއްވި ދައުރުން ބޭރުގެ ފަސްވަނަ ޖަލްސާގައި ރައީސްގެ އެ ހުށަހެޅުއްވުން އިއްވުމަށް ފަހު ދިރސާކުރަން އެ ހުށަހެޅުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވި އެވެ.

އެ ހުށަހެޅުން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމީ، އެ ދެބޭފުޅުންނާ ވެސް އިންޓަވިއުކޮށްގެން ކޮމިޝަނަށް އައްޔަންކޮށްފައި ވާތީ އިތުރަށް އިންޓަވިއު ނުކުރުމަށެވެ. އެހެންވެ، އެ ދެބޭފުޅުންނަށް ވެސް ރުހުން ދޭން ނިންމީ އެވެ.

މައުޟޫޢުތަށް