ޗެނަލް 13 އަށް ފިޔަވަޅު އަޅައި، ރާއްޖެ ޓީވީ އަށް އިންޒާރު!
މިހާރު
15 ސެޕްޓެމްބަރު 2025 | ހޯމަ | 5:51
ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފްވެފައިވާ ކަމަށް ބުނެ ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާގެ ވަކި ވަގުތެއްގައި މެދުކަނޑާލުމަށް އަންގައި، އަދި ކުޑަކުދިންގެ ކަރާމާތައް އަރައިގެންފައިވާތީ ރާއްޖެޓީވީ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކޮމުން ދީފި އެވެ.
ބްރޯޑްކޮމް އިން ބުނީ ޗެނަލް 13 އަށް ފިޔަވަޅު އަޅާފައިވަނީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެ ޗެނަލުން ލައިވްކުރި ޕީއެންއެފްގެ "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާތީ ކަމަށެވެ.
އެހެންވެ، ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާ ރޭ 8:00 އިން 10:00 އަށް މެދުކަނޑާލުމަށް އަންގާފައިވެ އެވެ.