އެމްޑީޕީގެ ތިން މެންބަރަކު ޓައީ އެޅުއްވުން ހުއްޓާލައްވައި އިހުތިޖާޖެއްގައި

މިހާރު

15 ސެޕްޓެމްބަރު 2025 | ހޯމަ | 4:45

ވަޒީރުންނާ ސުވާލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަމަލުކުރައްވާ ކަމަށް ތުހުމަތުކުރައްވައި އިހުތިޖާޖުކުރުމުގެ ގޮތުން، އިދިކޮޅު އެމްޑީޕީގެ ތިން މެންބަރަކު ޓައީ އެޅުން ހުއްޓާލައްވައިފި އެވެ.

ޓައީ ނާޅައި މިއަދު ޖަލްސާއަށް ވަޑައިގަތީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އެ ތިން މެންބަރުން ޓައީ ނާޅުއްވައި ވަޑައިގެން ތިއްބެވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެ މެންބަރުންނަށް ނަސޭހަތް ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކަކީ މެންބަރުންގެ ރަސްމީ މަސައްކަތަށް ވާތީ އާއްމުކޮށް މެންބަރުން ވަޑައިގަންނަވާނީ ރަސްމީ ހެދުމުގައި ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ޓައީ އަޅުއްވައިގެން ވަޑައިގަތުމެވެ.

މައުޟޫޢުތަށް