މީޑިއާ ބިލް އިސްލާހުތަކާއެކު ކޮމިޓީން ފާސްކޮށްފި

މިހާރު

15 ސެޕްޓެމްބަރު 2025 | ހޯމަ | 6:15

ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އެކުލަވާލާފައިވާތީ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ބިލު އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މީޑިއާ ރެގިއުލޭޝަން ބިލުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އެ ބިލު ފާސްްކުރީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރަން ގޮވާލައި ނޫސްވެރިން ހުށަހެޅި ޕެޓިޝަނެެއް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ.

އާއްމުކޮށް ހުޅުވާލައިގެން މިއަދު ބޭއްވި ބައްދަލުވުުމުގައި ބިލަށް ސަރުކާރުން ހުށަހަޅާފައި ހުރި އިސްލާހުތަކާއި އެ ނޫން އިސްލާހުތަކާއެކު ފާސްކުރަން ހުށަހެޅުމުން، މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނާއި ނޫސްވެރިން އަޑުގަދަކޮށް އިހުތިޖާޖް ކުރަން ފެށި އެވެ. އެހެން ނަމަވެސް އެ ހަޅޭކުގެ ތެރެއިން ބިލަށް ވޯޓަށް އެހުުމުން ވޯޓު ދިނުމުގެ ގޮތުން ޕީއެންސީ މެންބަރުން އަތް އުފުއްލެވި އެވެ.

މައުޟޫޢުތަށް