ޑިމޮކްރަސީއަކީ ހިތުހުރި ވާހަކައެއް ދައްކައި، ލިޔުމެއް ނޫން: އަބްދުއްރަހީމް
މިހާރު
15 ސެޕްޓެމްބަރު 2025 | ހޯމަ | 7:15
ޑިމޮކްރަސީއަކީ ހިތުހުރި ވާހަކައެއް ދައްކައި، އެ ވާހަކަތައް ލިޔުން ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އެމަނިކުފާނު ދެއްވި މެސެޖެއްގައި ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ފުރިހަމަ ބާރު އޮންނަ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންނާއި ހަމައިންކަން ފާހަގަ ކުރައްވައި، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ޑިމޮކްރަސީއަކީ ހިތަށް އެރިހާ ކަމެއް ކުރުމެއް ނޫން. ހިތައް އެރިހާ އެއްޗެއް ލިޔުމެއް ވެސް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.