"ސިހުރު ހަދައިގެން" ޒެމްބިއާގެ ރައީސް މަރާލަން އުޅުނު ދެ މީހަކު ޖަލަށް ލައިފި
މިހާރު
16 ސެޕްޓެމްބަރު 2025 | އަންގާރަ | 6:26
ޒެމްބިއާގެ ރައީސް ހަކައިންޑެ ހިޗިލެމާއަށް ސިހުރު ހަދައިގެން އަވަހާރަކޮށްލަން މަސައްކަތްކުރި ކަމުގެ ކުށުގައި ބުރަ މަސައްކަތާ އެކު ދެ މީހަކު ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މި ހުކުމް އިއްވީ މޮޒަމްބީކް މީހެއް ކަމަށްވާ ޖޭސްޓެން މަބުލެސް ކެންޑުންޑޭ އާއި ޒެމްބިއާގެ ވިލެޖް ޗީފް ލިއޮނާޑް ފިރީގެ މައްޗަށެވެ. މި ދެ މީހުން މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރީ ސިހުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނާއި ދިރޭ ކެމީލިއޯންއަކާ ވެސް އެކުގަ އެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ މައްޗަށް ދައުވާކުރީ ރައީސް ހިޗިލެމާއަށް ސިހުރުން ގެއްލުންދޭން މަސައްކަތްކުރުމާއި ސިހުރު ހަދަން އެނގޭ ކަމަށް ބުނާތީ އާއި ސިހުރު ހަދަން ބޭނުންކުރާ ސާމާނު ގެންގުޅެފައި ވާތީ ކަމަށެވެ.