މީޑިއާ ބިލް ފާސްކުރުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ: ބާ ކައުންސިލް
މިހާރު
15 ސެޕްޓެމްބަރު 2025 | ހޯމަ | 11:40
ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އެކުލަވާލައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކުރި މީޑިއާ ބިލުގައި ބަދަލު ގެންނަން ޖެހޭ ކަންކަން ހުރި ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.
ބާ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މީޑިއާތައް ރެގިއުލޭޓުކުރާ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެ ކައުންސިލުގެ ހިޔާލު ހުށަހަޅާފައިވާ ކަމަށެވެ.
ލީގަލް ރިފޯމް އެންޑް ރިސާޗް ކޮމިޝަން (އެލްއާރްއާރްސީ) ގެ ހުށަހެޅުންތަކާ އެއްގޮތަށް، ބާ ކައުންސިލުން ބުނީ އެ ކައުންސިލުން ދެކޭގޮތުގައި އެ ބިލަކީ ގާނޫނުއަސާސީގެ އުސޫލުތަކާއި ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ބިލެއް ކަމަށެވެ.