ބައިނަލްއަގުވާމީ ކުޅިވަރުތަކުން އިޒްރޭލު ވަކިކުރަން ސްޕެއިންގެ ބޮޑުވަޒީރު ގޮވާލައްވައިފި

މިހާރު

16 ސެޕްޓެމްބަރު 2025 | އަންގާރަ | 9:03

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމާ ގުޅިގެން އިޒްރޭލު ބައިނަލްއަގުވާމީ ކުޅިވަރުތަކުން އެކަހެރި ކުރަން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގޮވާލައްވައިފި އެވެ.

ބޮޑުވަޒީރު ސަންޗޭޒް މިފަދައިން ގޮވާލެއްވީ، ޕަލަސްތީނުގެ ދިފާއުގައި ސްޕެއިންގައި ބޮޑު މުޒާހަރާއެއް ކޮށްފައިވަނިކޮށެވެ. މި މުޒާހަރާއާ ގުޅިގެން، އެގައުމުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ބައިސްކަލު ރޭސް ކަމަށްވާ ވުއެލްޓާ ވެސް ވަނީ ހުއްޓިފަ އެވެ. މި ރޭހުގައި އިޒްރޭލުގެ ޓީމެއް ވެސް ވަނީ ބައިވެރިވެފަ އެވެ.

މި މުޒާހަރާއާ ގުޅިގެން، ބޮޑުވަޒީރު ސަންޗޭޒް ވަނީ މުޒާހަރާގެ ބައިވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އޭނާ ވިދާޅުވީ، ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިއާ ސަސްޕެންޑް ކުރި ފަދައިން، އިޒްރޭލަށް ވެސް އެ އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

މައުޟޫޢުތަށް