އެމީ: "ދަ ސްޓޫޑިއޯ"އަށް ރެކޯޑެއް، 15 އަހަރުގެ އޯވެން ކޫޕާ ތާރީހުގެ ތެރެއަށް!

މިހާރު

16 ސެޕްޓެމްބަރު 2025 | އަންގާރަ | 7:30

މި އަހަރުގެ އެމީ އެވޯޑްސްގައި އެޕަލް ޓީވީ ޕްލަސްގެ "ދަ ސްޓޫޑިއޯ" އިން 13 އެވޯޑް ކާމިޔާބުކޮށް ރެކޯޑެއް ހަދައިފި އެވެ.

އިއްޔެ ބޭއްވި އެމީ އެވޯޑްސްގައި "ދަ ސްޓޫޑިއޯ" އަށް 13 އެވޯޑް ލިބުނުއިރު، ކޮމެޑީ ސީރީޒްގެ ކެޓަގަރީން އެ އެވޯޑުގައި މީގެ ކުރީ އަހަރުތަކުގައި ވާދަކުރި އެއްވެސް ސީރީޒަކަށް އެއް ފަހަރާ އެ އަދަދަށް އެވޯޑް ލިބިފައި ނުވެ އެވެ.

ފިލްމު އުފެއްދުމުގެ މަސައްކަތްކުރާ ސްޓޫޑިއޯއަކަށް ދިމާވާ ތަފާތު ކަންތައްތަކެއް ދައްކާ "ދަ ސްޓޫޑިއޯ"އަށް ވަނީ ކޮމެޑީ ސީރީޒްގެ ކެޓަގަރީން އެންމެ މޮޅު ސީރީޒްގެ އެވޯޑު ވެސް ލިބިފަ އެވެ. އެއީ މި އަހަރުގެ އެމީގައި ތިންވަނައަށް އެންމެ ގިނަ ނޮމިނޭޝަންތައް ވެސް ލިބުނު ސީރީޒެވެ. އެ ސީރީޒަށް 23 ނޮމިނޭޝަނެއް ލިބިފައިވެ އެވެ.

މައުޟޫޢުތަށް