އިޒްރޭލާ ދެކޮޅަށް ކުޅޭ ކޮލިފައިން މެޗުގެ ޓިކެޓް ފައިސާއިން ޣައްޒާއަށް އެހީވާން ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި

މިހާރު

16 ސެޕްޓެމްބަރު 2025 | އަންގާރަ | 9:03

ވޯލްޑް ކަޕް ކޮލިފައިންގައި ނޯވޭ، އަންނަ މަހު އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިން ޣައްޒާއަށް އެހީތެރިވާން ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސާ، ލީސާ ކްލޭވްނެސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އަންނަ މަހުގެ 11 ވަނަ ދުވަހު އެގައުމުގެ ވެރިރަށް އޮސްލޯގައި ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ޓިކެޓް ފައިސާ، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވާ މެޑިކަލް ޓީމް، ޑޮކްޓާސް ވިތައުޓް ބޯޑާސް އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މެޗު ކުޅެވިގެންދާނީ ލާއިންސާނީ އަމަލުތަކެއް ހިންގަމުންދާ ފަރާތްތަކަކާ ދެކޮޅަށް ކަމަށާއި މިކަމަކީ އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެ މާ ބޮޑު ކަމެއް ކަމަށެވެ.

މައުޟޫޢުތަށް