ރާއްޖެއަށް ވަގަށް ވަދެ މަސްވެރިކަން ކުރި ބޯޓެއް 400،000ރ. އިން ޖޫރިމަނާކޮށްފި

މިހާރު

16 ސެޕްޓެމްބަރު 2025 | އަންގާރަ | 1:08

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ވަގަށް މަސްވެރިކަން ކުރި ބޯޓެއް 400،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

ސްރީ ލަންކާގެ މަސްބޯޓެއް ކަމަށްވާ "އަނުސްކާ ޑެސްހަން" 2022 ވަނަ އަހަރު ރާއްޖެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޝިޕް ހުރަވީން، މ. މުލީގެ އިރުން 79 ނޯޓިކަލް މޭލު ދުރުންނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީގެ ނަމުގައި ދައުލަތުން އެ ބޯޓުގެ ވެރިފަރާތާ ދެކޮޅަށް ހަމަ އެ އަހަރު ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

މައުޟޫޢުތަށް