"ދަ ކޮފީ ބީން އެންޑް ޓީ ލީފް"ގެ އައުޓްލެޓެއް ރާއްޖެއަށް
މިހާރު
16 ސެޕްޓެމްބަރު 2025 | އަންގާރަ | 1:50
އެކި ގައުމުތަކުގައި އައުޓްލެޓްތައް ހިންގަމުން އަންނަ މަޝްހޫރު ސްޕެޝާލިޓީ ކޮފީ ބްރޭންޑު "ދަ ކޮފީ ބީން އެންޑް ޓީ ލީފް"ގެ ފުރަތަމަ އައުޓްލެޓް ރާއްޖޭގައި ހުޅުވައިފި އެވެ.
މި ތަން ހުޅުވީ ހުޅުމާލެ 1 ބީޗު ފްރަންޓު، ހިރުނދު މަގުގަ އެވެ. މި ބްރޭންޑު ރާއްޖެ ތައާރަފްކުރީ ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ ވޯޓާ ސްކޭޕް އިންވެސްޓްމަންޓުންނެވެ.
"ދަ ކޮފީ ބީން އެންޑް ޓީ ލީފް"ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޕެޕަޓް މިންޔާނާ ވިދާޅުވީ ރާއްޖޭގައި ހުޅުވި އައުޓްލެޓުގައި އެ ބްރޭންޑުން ގެނެސްދޭ އެކި ބުއިންތައް ލިބެން ހުންނާނެ ކަމަށާއި މި ބުއިންތަކުގައި ވެސް އެ އައުޓްލެޓުގެ އެހެންތަންތަނާ އެއްފަދައިން ކޮލެޓީ ހިފަހައްޓާނެ ކަމަށެވެ. އޭނާ ވަނީ ވޯޓާސްކޭޕް އިންވަސްޓްމަންޓާ އެކު ރާއްޖެއަށް މި ބްރޭންޑު ތައާރަފްކުރުމުގެ ފުރުސަތު ލިބުމަކީ އެ ބްރޭންޑަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.