މީޑިއާ ބިލް އަލުން ދިރާސާކުރަން ކޮމެޓީން ތާވަލްކޮށްފި
މިހާރު
16 ސެޕްޓެމްބަރު 2025 | އަންގާރަ | 2:07
މައްސަލަ ބޮޑުވެފައިވާ މީޑިއާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރުމަށްފަހު އެ ބިލު އަލުން ދިރާސާކުރަން އެ ކޮމިޓީން އަލުން އެޖެންޑާކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ބިލާ މެދު ގޮތެއް ނިންމަން ވޯޓަށް އަހަން މުގައްރިރު ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ ނިންމެވުމުން އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަަސީމް އެކަމާ ދެކޮޅަށް އަޑު އުފުލެއްވި އެވެ. އެއީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން ހުށަހަޅައިފައި އޮތް ޕެޓިޝަނެއް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށް އެ ޕެޓިޝަނަށް ރިއާޔަތް ނުކޮށް ބިލަށް ވޯޓަށް އަހާތީ އެވެ.
އެ ބިލަށް ވޯޓަށް އަހަން އުޅުނު ވަގުތު ކޮމިޓީގައި ތިބި ނޫސްވެރިން އަޑު އުފުލައި އިހުތިޖާޖްކުރުމުން ކޮމިޓީ މެދުކަނޑާލުމަށްފަހު އަލުން ފެށުމަށްފަހު ނިންމީ ކޮމެޓީން ބިލު ފާސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ބިލް ދިރާސާކުރަން އެ ކޮމެޓީގެ ބައްދަލުވުމެއް މިއަދު މެންދުރު 2:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.