ރަށްފުށުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރުމުގެ ހުވަފެން ހަގީގަތަކަށް ވެއްޖެ: މިނިސްޓަރު

މިހާރު

16 ސެޕްޓެމްބަރު 2025 | އަންގާރަ | 3:31

ދިވެހިންނަށް "އަލީބާބާ ޑޮޓް ކޮމް"ގައި މުދާ ވިއްކޭ ގޮތް ވުމާ އެކު، ރަށްފުށު އުފެއްދުންތައް ބައިނަލް އަގުވާމީ ބާޒާރަށް ވިއްކުމުގެ ހުވަފެން މިހާރު ހަގީގަތަކަށް ވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަަދު ސަައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ މީހުންނަށް އެކަމުގެ ފަންނީ މައުލޫމާތުދޭން އަލީބާބާއާ ގުޅިގެން ފެށި ވެބިނާރުގައި މިނިސްޓަރު ވިދާޅުވީ މިއަދު ފެށި މަަސައްކަތަކީ ރާއްޖެއަށް ތާރީހީ މަސަައްކަތެއް ކަމަށާއި މިއީ ބައިނަލް އަގުވާމީ ބާޒާރުތަކާ ރާއްޖެއާ ދެމެދު އަޅާ "ޑިޖިޓަލް ބްރިޖެއް" ކަމަށެވެ. އެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިންނަށް އޮތް ފުރުސަތު އެންމެ ބޮޑަށް ހުޅުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިޔާލަށް ގެންނަވާ އައްޑޫގައި ހުރި ދިވެހި އުފެއްދުންތެރިއަކު އަތުން ވިޔެފައި އުފައްދަނީ، ޝަންހާއީގައި ހުރި ގަންނަ މީހަކާ ހަަމައަށް މަދު ދުވަސްކޮޅެއްގައި ގެންދެވޭ އުފެއްދުމެއް ކަމަށް. ތަސައްވުރުކޮށްލައްވާ ރާއްޖޭގައި ކާބޯތަކެތީގެ ވިޔަފާރި ކުރާ މީހަކު ލަންޑަނުގައި ހުރި ރެސްޓޯރެންޓް ތަަކަށް ރާއްޖޭގެ ހަވާދު ފޮނުވަނީ ކަމަށް، މިއީ [މިހާރު] ހުވަފެނެއް ނޫން. މިއީ އަޅުގަނޑުމެން ގުޅިގެން މިއަދު މިއުފައްދާ ހަގީގަތަކީ،" ސައީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް