މާގިރިން އިލީ ކޮފީ ބޮއެގެން ސިމްޑީން ކޮފީ މެޝިނެއް
މިހާރު
16 ސެޕްޓެމްބަރު 2025 | އަންގާރަ | 4:30
ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިމްޑީ ރެސޫ އާއި މާގިރި ހޮޓެލް ގުޅިގެން، ކޮފީ މެޝިނެއް ދޭ ގިވްއަވޭ ޕްރޮމޯޝަނެއްގައި ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މާގިރި ހޮޓެލްގެ ރެސްޓޯރަންޓުން އިލީ ކޮފީއެއް އޯޑަރު ކުރުމަށް ފަހު، އެ ކޮފީ ތަށީގެ ފޮޓޯ އިންސްޓަގްރާމުގައި ޕޯސްޓުކޮސްގެންނެވެ. ފޮޓޯ ޕޯސްޓުކުރަން ޖެހޭނީ އިލީ މޯލްޑިވްސް، މާގިރި ހޮޓެލް އަދި ސިމްޑީ ގްރޫޕުގެ އިންސްޓަގްރާމް އެކައުންޓު ޓެގް ކުރުމަށް ފަހު އެވެ. މި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ފަރާތަކަށް އިލީ އެކްސް9 ކްރޯމް ކޮފީ މެޝިނެއް ލިބޭނެ އެވެ.
މި ކޮފީ މެޝިން ލިބޭ ފަރާތެއް ހޮވާނީ ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރާ އޮކްޓޯބަރު 1 ގަ އެވެ. މި ގިވްއަވޭގައި މި މަސް ނިމެންދެން ބައިވެރިވެވޭނެ އެވެ.