މީޑިއާ ބިލާ ދެކޮޅަށް ކުރާ މުޒާހަރާ އިން ލީވާން ހައްޔަރުކޮށްފި

މިހާރު

16 ސެޕްޓެމްބަރު 2025 | އަންގާރަ | 5:26

މީޑިއާތައް ރެގިއުލޭޓްކުރާ ބިލް މިއަދު ފާސްކުރުމާ ދެކޮޅަށް މަޖިލީސް ދޮށުގައި ހެނދުނުން ފެށިގެން މުޒާހަރާކުރާ ނޫސްވެރިންގެ ތެރެއިން އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މުޒާހަރާގައި، ދައުލަތުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅާފައިވާ މައްސަލައިގައި 40 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން އެކަކީ ލީވާންކަން އާއްމުވެފައިވާ ވީޑީއޯ އިން ފެނެ އެވެ.

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި އެ ބިލު ހުށަހެޅީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.

މައުޟޫޢުތަށް