ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ މާއްދާ އުނިކޮށް މީޑިއާ ބިލް ފާސްކޮށްފި
މިހާރު
16 ސެޕްޓެމްބަރު 2025 | އަންގާރަ | 8:30
ނޫހަކުން ޝާއިއުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެވިދާނެ ހާލަތުގައި، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ނޫސް ހުއްޓުމަކަށް ގެނައުމުގެ ބާރު ދީފައި އޮތް މާއްދާ ބިލުން އުންޏެއް ނުކުރޭ.
މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި، ވަކި ވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތް މާއްދާތައް އުނިކޮށް، އިސްލާހުތަކަކާ އެކު އެ ބިލް މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އެ ބިލާ މެދު ކަންބޮޑުވުންފާޅުކޮށް ނޫސްވެރިން މުޒާހަރާކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.