އެސްޑީއެފަށް 1.4 ބިލިއަން ރުފިޔާ ޖަމާކޮށްފި
މިހާރު
17 ސެޕްޓެމްބަރު 2025 | ބުދަ | 10:21
މި އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އެއީ މި އަހަރު އެ ފަންޑަށް ޖަމާކުރަން ބަޖެޓުގައި ކަނޑައެޅި އަދަދުގެ 60 ޕަސެންޓެވެ. މި އަހަރުގެ ބަޖެޓުގައިވާ ގޮތުން 2.1 ބިލިއަން ރުފިޔާ ފަނޑަށް އިތުރު ކުރަން ޖެހެ އެވެ.
ފަންޑަށް ޖަމާކުރާ އަދަދު ހާމަކުރި ނަމަވެސް އެ ފަންޑުގެ ޖުމްލަ އަދަދު ފިނޭންސް މިނިސްޓްރީން މިހާރު އާންމެއް ނުކުރެ އެވެ.