ދޮގު މައުލޫމާތު ދީފައި އޮތުމުން ވައިސް ވަހީދުގެ ސިފްކޯ ފްލެޓް އަތުލީ ރަނގަޅަށް ކަމަށް ހުކުމްކޮށްފި

މިހާރު

17 ސެޕްޓެމްބަރު 2025 | ބުދަ | 11:03

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު ސިފައިންގެ ވަޒީފާގައި ހުންނެވި އިރު ސައްހަ ނޫން މައުލޫމާތު ހުށަހަޅައިގެން ސިފްކޯގެ ފްލެޓެއް ހޯދުމުން އެތަން ހަވާލުނުކުރަން ސިފްކޯއިން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ވައިސް ވަހީދުގެ ދައުވާގައި ބުނެފައި އޮތީ "ސިފްކޯ ހިޔާ" މަޝްރޫއުގެ 300 ފްލެޓަށް ކުރިމަތިލާން ނޮވެމްބަރު 28، 2013 ގައި އިއުލާނުކުރުމާ އެކު، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ހުށަހެޅުމުން އެ ބަލައިގަނެ ފްލެޓަށް ފުރަތަމަ ޕޭމަންޓް ބަލައިގަނެ ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް އަދި ފްލެޓްގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.

އެކަމަކު ވައިސް ވަހީދު ފްލެޓަށް ފޯމު ހުށަހެޅި އިރު ވެސް އޭނާގެ ނަމުގައި 600 އަކަފޫޓުގެ ބިމެއް މާލޭގައި އޮތްކަން އެނގުމުން ފްލެޓް ހަވާލު ނުކުރަން ނިންމީ އެވެ.

މައުޟޫޢުތަށް