މަހުގެ އެކްސްޕޯޓަށް ބޮޑު އިތުރުވުމެއް

މިހާރު

17 ސެޕްޓެމްބަރު 2025 | ބުދަ | 11:27

މިއަހަރުގެ ފުރަތަމަ ހަ މަހު 87 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ގެ މަސް އެކްސްޕޯޓުކޮށްފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މަސް އެކްސްޕޯޓު ކުރި އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 58 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު މަސް އެކްސްޕޯޓުކޮށްގެން ލިބުނީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) އެވެ. އަދި އެ އަހަރު މަސް އެކްސްޕޯޓު ކޮށްގެން ލިބުނީ 82 މިލިއަން ޑޮލަރު (1.26 ބިލިއަން ރުފިޔާ) އެވެ. އެހެންވެ، މިއަހަރުގެ ފުރަތަމަ ހަ މަހު ވަނީ މިދިޔަ އަހަރުގެ ޖުމްލަ މަހުގެ އެކްސްޕޯޓަށްވުރެ އިތުރު ވެފަ އެވެ.

ހިސާބުތަކުން ދައްކާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މަސް އެކްސްޕޯޓުކޮށްގެން ލިބޭ އާމްދަނީ އުޅެނީ 130 މިލިއަން ޑޮލަރާއި 155 މިލިއަން ޑޮލަރާ ދެމެދުގަ އެވެ.

މައުޟޫޢުތަށް