އެއާޕޯޓްގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރު
މިހާރު
17 ސެޕްޓެމްބަރު 2025 | ބުދަ | 12:32
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރަފިގުލް އިސްލާމް އިއްޔެ ހައްޔަރުކުރީ އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.
ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސް ކުރިއިރު، 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 1700 އަށް ވުރެ ގިނަ ޑޮލަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.