ކުޅުދުއްފުށީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުވައިފި
މިހާރު
17 ސެޕްޓެމްބަރު 2025 | ބުދަ | 12:42
ހދ. ކުޅުދުއްފުށީގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވައިފި އެވެ.
އެތަން ހުޅުވާފައިވަނީ މޯލްޑިވްސް އޯތެންޓިކް ކްރާފްސް ކޯޕަރޭޓިވް ސޮސައިޓީ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ކުނި މެނޭޖް ކުރުމާއި ޕްލާސްޓިކް މަދުކުރުމުގެ ޕްރޮޖެކްޓްގެ ދަށުންނެވެ.
ކުޅުދުއްފުށީ ކުނި ކޮށީގައި އެ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރްމެންޓް ޕްރޮގްރާމް (ސަކެޕް) ގެ ޑިރެކްޓާ ޖެނަރަލް ނޯބޫ ވަންޗަކް އެވެ.