އަޑުއަހަން ވަންނަ މީހުން ކޮމެޓީތަކުގެ މަސައްކަތަށް ހުރަސް އަޅާ ނަމަ ފިޔަވަޅު އެޅޭ ގޮތް ހަދަނީ

މިހާރު

17 ސެޕްޓެމްބަރު 2025 | ބުދަ | 1:21

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތައް އަޑުއަހަން ވަަންނަ މީހުން މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅާނަމަ ފިޔަވަޅު އެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މިއަހަރުގެ ދެވަނަ ދައުރަށްފަހު ޗުއްޓީގައި އޮތް މަޖިލީހުން، މީޑިއާ ބިލް ފާސްކުރަން އިއްޔެ ބޭއްވި ދައުރުން ބޭރު ހަތް ވަނަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ކުރިއިރު ކޮމެޓީ އަޑުއަހަން ވަން ބައެއް މީހުން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

އެމީހުން މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް، އަހުލާގީ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެކަމާބެހޭ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް