މޯދީގެ ދިރިއުޅުމަށް ފިލްމެއް ހަދަނީ
މިހާރު
17 ސެޕްޓެމްބަރު 2025 | ބުދަ | 12:47
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދިރިއުޅުމަށް ހަދާ ފިލްމެއް އިއުލާންކޮށްފި އެވެ.
"މާ ވަންދޭ"ގެ ނަން ދީފައިވާ ބަޔޮޕިކް ފިލްމު އިއުލާންކުރީ މޯދީގެ 75 ވަނަ އުފަންދުވަހާ ދިމާކޮށް މިއަދު އެވެ.
ސިލްވާ ކާސްޓް ކްރިއޭޝަން ޕްރޮޑަކްޝަނުން އެ ފިލްމު އިއުލާންކޮށް ބުނީ އޭގައި މޯދީގެ ރޯލު ކުޅޭނީ ދެކުނު އިންޑިއާގެ އެކްޓަރު އުންނީ މުކަންޑާން ކަމަށެވެ. އަދި އެ ފިލްމު އިންޑިއާގެ އެކި ބަސްތަކުން ގެނެސްދޭނެ ކަމަށް ވެސް އެ ޕްރޮޑަކްޝަނުން ބުންޏެވެ.