ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި
މިހާރު
17 ސެޕްޓެމްބަރު 2025 | ބުދަ | 2:26
ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތައް ކުރިއަށް ދާތީ ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.