މުޒާހަރާ ހުއްޓުވަން ފުލުހުން އަމަލުކުރި ގޮތް އެންއައިސީއަށް

މިހާރު

17 ސެޕްޓެމްބަރު 2025 | ބުދަ | 4:10

މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާ ހުއްޓުވުމުގައި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ އެމްޑީޕީން ނެޝަަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފި އެވެ.

އެންއައިސީގެ ބޭރުގައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގާނޫނީ ވަކީލު އައިކު އަހުމަދު އީސާ ތުހުމަތުކުރެއްވި ގޮތުގައި އިއްޔެގެ މުޒާހަރާގައި ބައިވެރިވި އެމްޑީޕީގެ މެންބަރުންނާއި ބައެއް ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ވަނީ އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްފަ އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ޝާހުގެ މޫނުމަތީގައި އަތް އަޅަައި "ބޯ އުފުރައިލަން އުޅޭ ފަދަ ގޮތަކަށް ދެމި" މައްސަލަ ކަމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބައެއް ނޫސްވެރިންނަށް އަނިޔާވާ ގޮތަށް އަމަލުކުރި މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

މައުޟޫޢުތަށް