އިޒްރޭލުން ދޯހާއަށް ދިން ހަމަލާ އަމާޒުވި ހަމާސްގެ ލީޑަރެއްގެ އިންޓަވިއު އަލް ޖަޒީރާއިން

މިހާރު

17 ސެޕްޓެމްބަރު 2025 | ބުދަ | 11:39

މި މަހުގެ ނުވަ ވަނަ ދުވަހު އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާގެ އަމާޒަކަށްވި ހަމާސްގެ ލީޑަރުންގެ ތެރެއިން ބޭފުޅަކު އެކަމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ދިން އިންޓަވިއު އަލް ޖަޒީރާއިން ދައްކައިފި އެވެ.

އަލް ޖަޒީރާއިން މިރޭ ލައިވްކޮށް ގެނެސްދިނީ ހަމާސްގެ އެންމެ އިސް ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޣާޒީ ހަމަދްގެ އިންޓަވިއުއެކެވެ. އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން ހަމަލާ ދިނީ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކާ ބެހޭ ގޮތުން މަޝްވަރާ ފެށިތާ ގަޑިއެއްގެ އިރު ވެސް ނުވަނީހެވެ.

"މިނެޓަކަށް ވުރެ ވެސް ކުރު ވަގުތުކޮޅެއްގެ ތެރޭ، ހުއްޓުމެއް ނެތި ބާރަ ވަރަކަށް ރޮކެޓު އަމާޒުވި،" ހަމަދް ވިދާޅުވި އެވެ.

މައުޟޫޢުތަށް