ބަޔާނުން ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ބަލިކޮށްފި

މިހާރު

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:49

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބެޔާން މިއުނިކުން 3-1 އިން ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ބަލިކޮށްފި އެވެ.

މިއުނިކްގެ އެލިއެންޒް އެރީނާގައި ކުޅުނު މެޗުގައި ބެޔާނަށް ލީޑު ލިބުނީ 20 ވަނަ މިނިޓުގައި ޗެލްސީގެ ޓްރެވޯ ޝަލަބާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އަދި އޭގެ ހަތް މިނިޓު ފަހުން މޮއީސެސް ކައިސޭޑޯ، ހެރީ ކޭން އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުން ބެޔާން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މި ޕެނަލްޓީ ޖެހީ ހެރީ ކޭން އެވެ.

އޭގެ ދެ މިނިޓު ފަހުން ކައުންޓާ އެޓޭކެއްގައި މާލޯ ގުސްތޯގެ ޕާކަހުން ކޯލް ޕާމާ ވަނީ ޗެލްސީއަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. ނަމަވެސް ޗެލްސީއަށް މާ ގިނަ ފުރުސަތުތަކެއް ނުދީ މެޗުގެ 63 ވަނަ މިނިޓުގައި ކޭން ވަނީ ދެ ވަނަ ގޯލެއް ޖަހައި އިތުބާރު ބޮޑު ކޮށްފަ އެވެ.

މައުޟޫޢުތަށް