ޖިންސީ ގޯނާގެ ތުހުމަތު އޮތް މީހަކު އަމިއްލަ ދަރިއަކާ ބެހިގެން ހައްޔަރުކޮށްފި

މިހާރު

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:08

އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހަކު އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އުމުރުން ނުވަ އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް