ސްޕޯޓްސް މިނިސްޓްރީގެ ނާއިބަކަށް އެތުލެޓިކްސް ކޯޗު އަބުޅޯ ހަމަޖައްސައިފި
މިހާރު
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:46
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުގެ ޑެޕިއުޓީ މިނިސްޓަރަކަށް ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު އަބްދުﷲ އިބްރާހީމް (އަބުޅޯ) ހަމަޖައްސައިފި އެވެ.
އެ މަގާމަށް އަބުޅޯ ހަމަޖެއްސިކަން އަންގައި ރައީސް އޮފީހުން އޭނާ ސިޓީ ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެކަމަކު އަބުޅޯ އަދި ރަސްމީކޮށް މަސައްކަތަށް ނުނުކުމެ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނާއިބް ރައީސް އަދި، އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވަނީ އަބުޅޯ އަށް މަރުހަބާ ވިދާޅުވެފަ އެވެ.