މަޑިފުށީގެ އިހުތިސާސްގައި ދެ ރަށް ހިމަނައިފި

މިހާރު

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:59

ތ. މަޑިފުށްޓާ އެއްފަޅެއްގައި އޮތް ދެ ފަޅުރަށް ކަމަށްވާ އިފްރިޔާ އާއި ކޮޅުފުށްޓަކީ މަޑިފުށީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދެ ރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

އެއީ އެއް ފަޅެއްގައި މަޑިފުށްޓާ ވަރަށް ކައިރީގައި އޮތް ދެ ރަށެވެ.

އެ ދެ ރަށް މަޑިފުށީގެ އިހުތިސާސްގައި ހިމެނުއްވީ ލާމަރުކަޒީ ގާނޫނުން ރައީސަށް އޮންނަ މަސްއޫލިއްޔަތުގެ ދަށުން މިއަދު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރާ އެކު، މަޑިފުށީގެ އިހުތިސާސަށް ގެނައި ބަދަލު ދައްކައިދޭ ޗާޓެއް ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކުރި އެވެ.

މައުޟޫޢުތަށް