އޭއައި ބޭނުންކޮށްގެން ބީއެމްއެލްގެ ޕްރޮސެސްތައް އޮޓަމޭޓް ކުރުން ވަރަށް ބާރަށް ކުރިއަށްދޭ: ޝަރީފު

މިހާރު

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 6:04

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ބީއެމްއެލްގެ ޕްރޮސެސްތައް އޮޓަމޭޓް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިން އަލަށް ފެށި 'ބޭންކް ޓޯކް' ޕްރޮގްރާމްގައި ޝަރީފު ވިދާޅުވީ، އޭއި ބޭނުންކޮށްގެން ބޭންކުގެ ޕްރޮސަސްތައް އިތުރަށް ހަރުދާނާކޮށް އަދި ބައެއް ޕްރޮސެސްތައް މުޅިން އޮޓޮމޭޓް ކުރަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި ރިސްކު މެނޭޖު ކުރުމުގެ މަސައްކަތްތައް ޝަރީފު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އަދި ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ. އަޅުގަނޑުމެންގެ ވަރަށް ގިނަ ޒުވާނުން ބޭނުންވާ ކަމެއް އެ ބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ބޭރުން ލިބެންވާ ފައިސާ ހަމަ ވަގުތުން އެކައުންޓަށް ޖަމާވާނެ އިންތިޒާމުތަކެއް ލިބިގެން ދިއުން ޑިޖިޓަލީ. އެހެންވީމާ މިފަދަ ކަންތައްތައް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިދަނީ މަސައްކަތް ކުރަމުން،" އެމްޑީ ވިދާޅުވި އެވެ.

މައުޟޫޢުތަށް