ގާނޫނު ތަންނުދޭތީ ސިޓީ ކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމިޓީ އުވާލައި ލަފާދޭ ކޮމިޓީއެއް ހަދައިފި

މިހާރު

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 8:52

މާލިއްޔަތު ގަވާއިދާ ހިލާފު ކަމަށް ބުނެ ކައުންސިލަރުން ތިއްބަވާ މާލޭ ސިޓީ ކައުންސިލުގެ ޕްރޮޕޯސަލް ބިޑު އިވެލުއޭޝަން ކޮމިޓީ އުވާލައި އެ ކޮމިޓީގެ ބަދަލުގައި ލަފާދޭ ކޮމިޓީއެއް ހަދައިފި އެވެ.

ހަތަރު ކައުންސިލަރަކާއި ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނަރަލް ހިމެނޭ ގޮތަށް ޕްރޮޕޯސަލް ބިޑް އިވެލުއޭޝަން ކޮމިޓީއެއް ކައުންސިލުން ހެދީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ ސިޓީ ކައުންސިލަށް ބިޑު ކޮމިޓީއެއް ނުހެދޭނެ ކަމަށާއި އެކަމަކު ބިޑަށް ލަފާދޭ ކޮމިޓީއެއް ހެދޭނެ ކަމަށެވެ. އެހެންވެ، އޭނާ ހުށަހެޅުއްވީ ބިޑުތަކަށް ލަފާދޭ ކޮމިޓީއެއް ހެދުމަށެވެ.

މައުޟޫޢުތަށް