އުރީދޫ އިން އައިފޯން 17 ޕްރީ އޯޑަރަށް މިރޭ ހުޅުވާލަނީ

މިހާރު

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:24

އެފަލްއިން އެންމެ ފަހުން ނެރުނު އައިފޯނު 17 ސީރީޒްގެ ފޯނުތައް އުރީދޫ މެދުވެރިކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މިރޭ އެ ފުރުސަތު ހުޅުވާލާނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.

އުރީދޫ އިން ބުނީ ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާނީ މިރޭ ދަންވަރު 12:01 ގައި ކަމަށެވެ.

މިގޮތުން، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލާނީ މޫލީ މެދުވެރިކޮށެވެ.

މައުޟޫޢުތަށް