ޓްރެއަލްއިން ފެއިލްވި ކުޅުންތެރިންގެ ބަދަލުގައި ވެލެންސިއާއިން ބިދޭސީންގެ ޖާގަތަށް ފުރިހަމަކޮށްފި

މިހާރު

19 ސެޕްޓެމްބަރު 2025 | ހުކުރު | 10:17

ވެލެންސިއާގެ ޓްރެއަލްގައި ބައިވެރިވާން އަމިއްލަ ހަރަދުގައި ރާއްޖެ އައި ކުޅުންތެރިންގެ ފެންވަރު ނެތުމުން ސޮއި ނުކުރުވައި ދޫކޮށްލި ނައިޖީރިއާގެ ދެ ކުޅުންތެރިންގެ ބަދަލުގައި ގެނައި ކުޅުންތެރިންނާ އެކު ވެލެންސިއާގެ ބިދޭސީ ކުޅުންތެރިންގެ ޖާގަތައް ފުރިހަމަކޮށްފި އެވެ.

މި ސީޒަނުގައި ކޮންމެ ކްލަބެއްގައި ޖެހޭނީ ބިދޭސީ ހަތަރު ކުޅުންތެރިންނެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އޭޝިއާގެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ވާން ޖެހޭނެ އެވެ.

އޭޝިއާގެ ކުޅުންތެރިޔާގެ ޖާގަ އަށް ވެލެންސިއާއިން ގެނައީ ކިރިގިސްތާނުގެ ޑިފެންޑަރެއް ކަމަށްވާ ދަވްރޯންބެކް އަބްދުވަކޯލްޕޯވް އެވެ.

މައުޟޫޢުތަށް