ޕްރީއޯޑަރަށް ހުޅުވައިލުމާ އެކު، ދިރާގުން އައިފޯން 17 ޕްރޯގެ ފުރަތަމަ ސްޓޮކް ހުސްވެއްޖެ

މިހާރު

19 ސެޕްޓެމްބަރު 2025 | ހުކުރު | 12:59

ޕްރީއޯޑަރަށް ހުޅުވައިިލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ދިރާގުން އައިފޯން 17 ޕްރޯގެ ފުރަތަމަ ސްޓޮކް ހުސްވެއްޖެ އެވެ.

ކައުންޓްޑައުންއެއް ހިންގުމަށް ފަހު އައިފޯން 17 ޕްރޯ އާއި ޕްރޯމެކްސް ޕްރީއޯޑަރަށް ވިއްކަން ދިރާގުން ހުޅުވައިލީ ރޭ ދަންވަރު 12:01 ގަ އެވެ. ޕްރީއޯޑަރަށް ލިބެން ހުރި ފޯނުތަކުގެ ތެރެއިން މިއަދުގެ ހެނދުނު 10:30 އާ ހަމައަށް ވަނީ އައިފޯން 18 ޕްރޯ ހުސްވެފަ އެވެ.

އެކަމަކު، އައިފޯން 17 ޕްރޯ މެކްސް އާއި އައިފޯން 17 އަދިވެސް ވަރަށް މަދު އަދަދަކަށް ލިބެން އެބަހުރި ކަމަށް ދިރާގުން ބުންޏެވެ.

މައުޟޫޢުތަށް